Maldives Media and
Broadcasting Commission
މޯލްޑިވްސް މީޑިއާ އެންޑް
ބްރޯޑްކާސްޓިންގ ކޮމިޝަން
ޚަބަރު/އިއުލާން

ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅުއެޅުމުގެ އައުގަވާއިދަށް ޢަމަލުކުރަން ފަށައިފި

18:09 28 April 2026
[އިސްލާހީ ބަދަލުތައް]
Featured Image

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ އައު ގަވާއިދު އެކުލަވައިލައި، ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢުކޮށްފިއެވެ.

ގެޒެޓްކުރެވުމާއެކު މި ގަވާއިދަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ. "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި، ފިޔަވަޅުއެޅުމުގެ ގަވާއިދު" ގެ މައިގަނޑު މަޤްޞަދަކީ މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް އިންސާފުވެރިކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބަލައި، ގާނޫނާއި ގަވާއިދާއި ޚިލާފުވާ ހާލާތްތަކުގައި އެކަށީގެންވާ ފިޔަވަޅުއެޅުމެވެ.

މި ގަވާއިދުގެ ދަށުން، ކޮންމެ ފަރާތަކަށްވެސް މީޑިއާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި،ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައްވެސް ބަލާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގައިވާ ގޮތުން ކޮންޓެންޓަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅާނަމަ، އެކޮންޓެންޓެއް ޝާއިޢުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ މުއްދަތެއް ދޭންޖެހޭއިރު،މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

ޤާނޫނާއި ގަވާއިދާ ނުވަތަ ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް މި ގަވާއިދުގައި ވަނީ ވަރަށް ތަފްސީލުކޮށް ކަނޑައަޅާފައެވެ.ނުސްވެރިންނާ މެދު ފިޔަވަޅު އެޅުމުގައި، ކަންކަން އިޞްލާޙުކުރަން އެންގުމާއި އާންމުކޮށް މާފަށް އެދެން އެންގުމުގެ އިތުރުން އެހެނިހެން ފިޔަވަޅުތައް ހިމެނެއެވެ.

ކޮމިޝަންގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި ގަވާއިދުގެ ދަށުން އޮންނާނެއެވެ. އަދި ކޮމިޝަނުގެ ނިންމުމަކުން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ދެކޭނަމަ، 6 މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓަށް ހުށަހެޅިދާނެއެވެ.

Download the PDF

ފޮޓޯ: ކޮމިޝަނުގެ އާކައިވް ފޮޓޯއެއް

ޝެއަރ:

އިތުރު ޚަބަރުތައް

މޯލްޑިވްސް މީޑިއާ އެންޑްބްރޯޑްކާސްޓިންގ ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑްބްރޯޑްކާސްޓިންގ ކޮމިޝަން

އޮފީސް ހުޅުވިފައި ހުންނާނީ

ރަސްމީ 8:00 އިން މެންދުރު 14:00 އަށް

ގ. ފާތުތުރުވެހި، 2 ވަނަ ފަންގިފިލާ،
3 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ

3003995, 3334332
@mmbcmv